ކެޓަގަރީތައް

معلومات المواد باللغة العربية

ހުރިހާ ތަކެތި

މާއްދާތަކުގެ ޢަދަދު: 10

  • ދިވެހި
  • ދިވެހި

    PDF

    މިއީ ސުޢޫދީ ޢަރަބިއްޔާގެ ތަޢުލީމާއި ތަރުބިއްޔަތު މިނިސްޓްރީގެ ފަރާތުން އެ ޤައުމުގެ ސްކޫލުތަކުގައި ތައުޙީދު ކިޔަވައިދޭން ތައްޔާރުކުރައްވާފައިވާ ފޮތްތައް އަޞްލަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ. މިއީ ގްރޭޑް 1 އަކަށް ތައްޔާރުކޮށްފައިވާ މި ފޮތްބައިގެ ފުރަތަމަ ފޮތެވެ.

  • ދިވެހި

    PDF

    އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި ﷲ ތަޢާލާގެ އެއްކައުވަންތަކަން

  • ދިވެހި

    PDF

    صح حديث ތައް ކުރުކޮށް އެކުލަވާލުމުގެ ބޭނުންތެރިކަން އަހުރެންނަށް ފެނުނެވެ. އެއީ ކިޔާ މީހާއަށް آخرة އަށް މަގު ދައްކާނޭހެން شامل ކޮށްފައެވެ. އަދި އެތެރެ ފުށާއި ބޭރުފުށުގެ އަދަބުތައް ހާސިލުވާނޭ ގޮތުގެ މަތީންނެވެ. އަދި ترغيب އާއި ترهيب ޖަމާ ކޮށްފައެވެ. އަދި ބޭނުންތެރި އެންމެހައި އަދަބުތައް ހިމަނާފައެވެ. ޒުހުދު ވެރިކަމާއި ނަފުސުގެ ސުލޫކާއި أخلاقގެ ތަހުޒީބާއި ހިތުގެ طاهرކަމާއި އޭގެ ފަރުވާއާއި ފާފައިން ގުނަވަންތަކުގެ ރައްކާތެރިކަމާއި އޭގެ ދަމިލަ ނައްތާލުމާއި އަދި އެނޫނަސް ދަނެގަތުން ބޭނުންވާ مقصدތައް ހިމެނޭ ގޮތުގެ މަތީންނެވެ. އަދި އަހުރެން ގަދައަޅާފައިވަނީ މީގައި صح އަދި واضح, حديث ނޫން އެހެން އެއްޗެއް ބަޔާން ނުކުރުމަށެވެ. އަދި އެއީ مشهور صحيح حديث ފޮތެއްގައި ބަޔާން ވެފައިވާ حديثއެއް ކަމުގައި ވޭތޯ ހެދުމަށެވެ. އަދި ކޮންމެ ބާބެއްގެ ކުރީކޮޅުގައި އެ ބާބަކާ ގުޅުންހުރި ކީރިތި قرآنގެ އާޔަތްތައް ހިމަނާފައިވާނެއެވެ. އަދި ފިލިޖަހަން ބޭނުންވާ ކަލިމަތަކުގައި ފިލި ޖަހާފައިވާނެއެވެ. އަދި ލަފުޒެއްގެ މާނައިގައި އޮޅުމެއްވާ ނަމަ ނުވަތަ شرح ކުރަންޖެހޭފަދަ ތަނެއްވާ ނަމަ ބަޔާންކުރަމުންނެވެ. އަދި އަހުރެން حديث އެއްގެ ފަހަތުގައި "متفق عليه" ބުނެފި ނަމަ އޭގެ މާނައަކީ بخاري އާއި مسلم ރިވާ ކުރެއްވިއެވެ.

  • ދިވެހި

    PDF

    އާދަމުގެ ދަރީންނަކީ ފާފަތައް ކުރެވޭ ބަޔަކު ކަމުގައި ވިޔަސް އެއުރެންނީ ވަރަށް ގިނަފަހަރަށް ފާފަތަކުން ދުރުހެލިވެގަންނަ ބަޔެއް ވެސް މެއެވެ. އެ ފަދަ ހެޔޮ ނަސީބެއް ލިބޭ ކޮންމެ މުސްލިމެއްގެ ހިތުގައި އުފެދޭނެ ސުވާލަކީ ތައުބާއަކީ ކޮންއެއްޗެއްތޯއާއި އެ މީހަކު ފާފަތަކުން ދުރުހެލިވެގަތުމަށް ޓަކައި ކުރަން ޖެހޭނެ ކަމަކީ ކޮބާ ބާވައެވެ؟ އެހެންކަމުން މި ލިޔުމުގައި ތައުބާއަކީ ކޮންއެއްޗެއްކަން އެނގޭނެ މިންވަރަކަށް މައުލޫމާތު ހިމެނުމާއެކު ތައުބާވުމަށް ޓަކައި ކުރަންޖެހޭ ކަންތައްތައް ބަޔާންކޮށްދީފައިވާނެއެވެ.

  • ދިވެހި

    PDF

    މުސްލިމެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކެއްވެއެވެ. އެއާނުލައި މުސްލިމެއްގެ أخلاق ފުރިހަމައެއް ނުވެއެވެ. އެ ސިފަތައް ދަނެގަނެ އެ އަށް އަމަލުކުރުމަކީ ބޭނުންތެރި ކަމަކަށްވީހިނދު އިސްލާމީ أخلاقގެ މައްޗަށް ދީނީ އަދި އިޖުތިމާއީ ނަޒަރަކުން އަލިއަޅުވައިލުމަށްފަހު ފޮތެއްގެ ސިފައިގައި އެއްކޮށް ޖަމާކުރުމުމަށްފަހު މިސްކިތްތަކާ އަދި އާއްމުން ވަޤުތު ހޭދަކުރާ ބައެއް ތަންތަނުގައި ބެހެއްޓުމަކީ މި މަސައްކަތުގެ އެންމެ ބޮޑު މަގުސަދެވެ. އުއްމީދަކީ މި ފޮތުން ރަނގަޅު މަންފާއެއް މުޖުތަމައަށް ލިބިގެންދާނެކަމަށެވެ.

  • ދިވެހި

    PDF

    ގޮވާލުން ނެރެ (އެތައް ބަހަކުން އެންމެ ފާހަގަކޮށްލެވޭ ގާނޫނީ މައްސަލަތަކާއި މައްސަލަތަކާ ގުޅޭ) އަދި އެދެވޭ މަޤްޞަދާއި މަޤްޞަދު ޙާޞިލުކުރުން، އެއީ ޢަޤީދާތައް އިސްލާހުކުރުމާއި، ބިދުޢަތަކާއި ޚުރާފާތްތައް ދޮގުކުރުމާއި، މުސްލިމުންނަށް އެމީހުންގެ ޢަޤީދާގެ ކަންތައްތައް ތަޢާރަފްކޮށްދިނުމެވެ އަޅުކަންކުރުމާއި، ރިޗުއަލްތަކެވެ. މިހުރިހާ ކަމެއް ސާދާ ފަސޭހަ ގޮތެއްގައި، ޤަބޫލުކުރެވޭ ބަހާއި، ތަފާތު އަދި ފުރިހަމަ ތީމްތަކާއި، މޮޅު ޕްރޮޑަކްޝަނަކާއެކު.

  • ދިވެހި

    LINK

    އިންޓަނެޓްގެ ދުނިޔޭގައިވާ އެންމެ ބޮޑު، އެންމެ އިތުބާރާއެކު ހިލޭ ތައްމާއުލޫމާތު ފޯރުކޮށްދޭ މަރުޖިޢު https://islamhouse.com/dv/main

  • ދިވެހި

    PDF

    ނަހަމަ ހަދިޔާގެ ނަމުން މި ލިޔުން ލިޔުމުގެ މަގުސަދަކީ ރިޝްވަތަކީ ޤައުމުގެ ބާއްޖަވެރިކަމާއި އަދި މުޖުތަމަޢުން އިންސާނިއްޔަތުކަން ނައްތައިލާ ވަބާއެއްކަމަށްވެފައި އެ ކަމަކާމެދު ކަނޑައެޅިގެން އެތައްއެތައް އިންޒާރުތަކެއް އައިސްފައިވާތީވެ އެ ވަބާއިން މި ލޮބުވެތި ޤައުމު ސަލާމަތް ކުޅައުމުގެ މަތިވެރި މަގުސަދެވެ.

  • ދިވެހި

    PDF

    މިއީ 2018އިން 2021އަށް ޔުނިވަރުސިޓީ އޮފު މަލާޔާ، މެލޭޝިޔާގައި ޕީ.އެޗް.ޑީ ޑިގުރީއަކަށް ލިޔުނު ވަޤުފުގެ ދިރާސާއިން ލިބުނު މަޢުލޫމާތުގެ އަލީގައި ދިވެހިބަހުން ލިޔުނު ވަޤުފުގެ އަޙުކާމުތަކެކެވެ. މި މަސައްކަތް މުހިންމުވީ ދެ ސަބަބަކަށް ޓަކައެވެ. ފުރަތަމަ ސަބަބަކީ މީގެކުރިން ދިވެހިބަހުން މި ފަދަ ފޮތެއް ލިޔެވިފައި ނެތުމެވެ. ދެވަނަ ސަބަބަކީ ވަޤުފުގެ މައުޟޫޢަށް ޝައުޤުވެރިވާ ފަރާތްތަކަށް ދޮރެއް ހުޅުވައިދިނުމެވެ.