ކެޓަގަރީތައް

معلومات المواد باللغة العربية

Islamic Jurisprudence

މާއްދާތަކުގެ ޢަދަދު: 3

  • ދިވެހި

    PDF

    މުސްލިމެއްގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކެއްވެއެވެ. އެއާނުލައި މުސްލިމެއްގެ أخلاق ފުރިހަމައެއް ނުވެއެވެ. އެ ސިފަތައް ދަނެގަނެ އެ އަށް އަމަލުކުރުމަކީ ބޭނުންތެރި ކަމަކަށްވީހިނދު އިސްލާމީ أخلاقގެ މައްޗަށް ދީނީ އަދި އިޖުތިމާއީ ނަޒަރަކުން އަލިއަޅުވައިލުމަށްފަހު ފޮތެއްގެ ސިފައިގައި އެއްކޮށް ޖަމާކުރުމުމަށްފަހު މިސްކިތްތަކާ އަދި އާއްމުން ވަޤުތު ހޭދަކުރާ ބައެއް ތަންތަނުގައި ބެހެއްޓުމަކީ މި މަސައްކަތުގެ އެންމެ ބޮޑު މަގުސަދެވެ. އުއްމީދަކީ މި ފޮތުން ރަނގަޅު މަންފާއެއް މުޖުތަމައަށް ލިބިގެންދާނެކަމަށެވެ.

  • ދިވެހި

    PDF

    الحمد لله والصلاة والسلام على رسول الله و على آله وصحبه أحمعين وبعد ޞައްޙަ މަގުން ހައްޖާއި އުމުރާގެ އަޅުކަން އަދާކުރަން ބޭނުންވާ މީހަކަށް އޭގެ ރުކުންތަކާއި އެއިން އުފެދޭ ފިޤުހުގެ އަޙުކާމުތައް އެނގިފައި ހުރުމާއި އަދި އެ އަޅުކަމުގެ ސަވާބާއި ދަރުމަ ފުރިހަމަޔަށް ލިބިގަތުމަށް ބޭނުންވާ މީހަކަށް އޭގެ ވާޖިބުތަކާއި ސުންނަތްތަކާއި މުސްތަހައްބުތައް އެނގިފައި ހުރުމަކީ މުހިންމު ކަމެއްކަމުގައި ފެނުނުހިނދު އެތަކެތި މިއަޅާ ގަސްތުކުރި މިންވަރަށް ލިޔުމުގެ މި މަސައްކަތަކީ ދިވެހީންނަށް އެ ތަކެތީން މަންފާއެއް ކޮށްފާނެކަމުގެ އުއްމީދުގައި މީލާދީ ސަނަތުން ދެ ހާހާއި ސައުވީސްގައި ކުރެވުނު މަސައްކަތަކެވެ. އަބްދުﷲ ފާރޫޤް އިބްރާހީމް

  • ދިވެހި

    PDF

    މިއީ 2018އިން 2021އަށް ޔުނިވަރުސިޓީ އޮފު މަލާޔާ، މެލޭޝިޔާގައި ޕީ.އެޗް.ޑީ ޑިގުރީއަކަށް ލިޔުނު ވަޤުފުގެ ދިރާސާއިން ލިބުނު މަޢުލޫމާތުގެ އަލީގައި ދިވެހިބަހުން ލިޔުނު ވަޤުފުގެ އަޙުކާމުތަކެކެވެ. މި މަސައްކަތް މުހިންމުވީ ދެ ސަބަބަކަށް ޓަކައެވެ. ފުރަތަމަ ސަބަބަކީ މީގެކުރިން ދިވެހިބަހުން މި ފަދަ ފޮތެއް ލިޔެވިފައި ނެތުމެވެ. ދެވަނަ ސަބަބަކީ ވަޤުފުގެ މައުޟޫޢަށް ޝައުޤުވެރިވާ ފަރާތްތަކަށް ދޮރެއް ހުޅުވައިދިނުމެވެ.